[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 6

 

عَنْ أَبِيْ سَعِيْدٍ الخُدْرِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُوْلَ الله صَلَّى الله عَلَيْهِ وَسَلَّمَ قَالَ: (( غُسْلُ يَوْمِ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ )). (أَخْرَجَهُ السَّبْعَةُ)

ޙަދީޘްގެ މާނަ:

އަބީ ސަޢީދުނިލް ޚުދުރިއްޔި ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ބާލިޣުވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ހުކުރުދުވަހު ހިނައިގަތުން ވާޖިބުވެގެންވެއެވެ.” މިޙަދީޘް ރިވާކުރަށްވާފައިވަނީ އިމާމް އަޙްމަދާއި ބުޚާރީ އަދި މުސްލިމް އަދި ސުނަންގެ ހަތަރު އިމާމުންނެވެ.

ނޯޓް: މިޙަދީޘްގެ މާނައާ މެދުގައި (އެބަހީ، ހުކުރުދުވަހު ހިނެއުން ވާޖީބުވުމާމެދު) ޢިލްމުވެރިންވަނީ ޚިލާފު އުފެދިފައެވެ. މިކަމުގައި ޖުމްހޫރު ޢިލްމުވެރިން ބުރަވެލައްވަނީ އެއީ ގަދަވެގެންވާ ސުންނަތެއްކަމުގައެވެ. އެއީ އަންނަނިވި ޙަދީޘްއަށް ބުރަވެލައްވައެވެ.

 عَنْ سَمُرَةَ رَضِيَ الله عَنْهُ قَالَ: قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ: (( مَنْ تَوَضَّأَ يَوْمَ الجُمُعَةِ فَبِهَا وَ نِعْمَتْ، وَمَنِ اغْتَسَلَ فَالْغُسْلُ أَفْضَلُ)).  (رواه الخَمْسَةُ وحَسَّنَهُ التِّرْمِذِيْ)

ޙަދީޘްގެ މާނަ :

ސަމުރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހުކުރުދުވަހު ވުޟޫކޮށްފިމީހެއްނަމަ، ފަހެ، އެމީހަކަށް ނިޢުމަތެއް ވެއެވެ. އަދި ފެންވަރާ މީހެއްނަމަ ހިނައިގަތުން އައުލާކަން ބޮޑެވެ.” މިހަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދާއި ސުނަންގެ ހަތަރު ބޭކަލުންނެވެ. އަދި ތިރުމިޛީ މިޙަދީޘް ޙަސަންދަރަޖަޔަށް ގެންދަވައެވެ.