ކައިވެނީގެ ފުރަތަމަ ރޭގެ އަދަބުތައް -2-
އިންސާނާ ހެޔޮމަގުން ކަސިޔާރުވެ، ޒިނޭއާއި އެހެނިހެން ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުން ސަލާމަތްވުމަށް އެބައިމީހުންގެ ޝަހުވާނީ އެދުންވެރިކަން ޙަލާލުގޮތުގައި ފުއްދުމަށްޓަކައި ކައިވެނި ޝަރުޢު ކުރެއްވުނެވެ. ދެމެފިރިން އެކަކު އަނެކެއްގެ ޖިންސީ އެދުންވެރިކަން ފުއްދުމަކީ ކައިވެނީގެ މަތިވެރި ގުޅުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްކަމެވެ. އެހެނީ ދެމެފިރިން އެކަކު އަނެކެއްގެ އެދުންވެރިކަން ފުއްދައިދިނުމަކީ ސަވާބު ލިބެނިވިކަމެކެވެ. އަބޫ ޛައްރު رضي الله عنه ރަސޫލާ صلى الله عليه و سلم ގެ އަރިހުން ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.…