ކައިވެނީގެ ފުރަތަމަ ރޭގެ އަދަބުތައް -3-
ފުރަގަސްފަރާތުގެ ދޮރު ބޭނުންކުރުން ޙަރާމްވުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ)(އަލްބަޤަރާ 223) މާނައީ: ” ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.) “ މިއާޔަތުގެ މަފްހޫމަކީ ފިރިމީހާ އޭނާގެ އަނބިމީހާގެ ފުރަގަސްފަރާތުގެ ދޮރު ބޭނުންކުރުމަކީ ޙަރާމްކަމެއްކަމެވެ. އެހެނަސް ބައެއްފިރިހެނުން އެމީހުންގެ އަނބިންގެ ފުރަގަސްފަރާތް ބޭނުންކުރުމަށް މިއާޔަތް ދަލީލެއްކަމުގައި ނަގައެވެ. ގޮވާންކުރުމުގެ ބިމަށް ތިޔަބައިމީހުން…