ދަތްއުނގުޅާ ސިވާކު ދަނޑިކޮޅުގެ ފައިދާ
ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ. މިއީ ސަހަރާ ތެރޭގައި ހެދޭ ގަހެއްގެ މުލެކެވެ. މި ދަނޑިކޮޅުން ދަތްސާފުކޮށް އަދި އަނގައިން ވަސްފިލުވާލަން ބޭނުންކުރެވޭ ދަތް އުނގުޅާ ޤުދުރަތީ ބުރުހެކެވެ. މި ބުރުހުގެ މޮޅުކަމަކީ ކިތަންމެ ވަރަށް ދަތްއުނގުޅާފައި ނުދޮވެ ބޭއްވިޔަސް ނުބައިވަސް ނުދުވުމެވެ. އާދެ ޔުނިވަރސިޓީގެ ދިރާސާއިން ދެއްކިގޮތުގައި މި ޤުދުރަތީ ބުރުހުުގައި ވަރަށް ގިނަ ފައިދާކުރަނިވި މިނެރަލް މާއްދާތައް…