އިމާމު މާލިކުގެ މުވައްޠާ (موطأ)

މިފޮތުގެ ނަމަކީ އަލްމުޥައްޠާ އެވެ. މިފޮތަކީ އެންމެފުރަތަމަ ބާބުތަކަށް އެކަށައަޅުއްވައި ލިޔެވުނު ޙަދީޘްފޮތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަދީޘްފޮތެވެ.
ކެއުމުގެ އަދަބުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. މިފޮތަކީ ކުޑަކުދިންނަށް އިސްލާމީ ރިވެތި އަދަބުތައް ދަސްކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ފޮތްތަކުގެ ތެރެއިން ފޮތެކެވެ. ދުޢާއަކީ މި ޢަމަލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ ގިނަބަޔަކަށް މިފޮތުގެ ލާބަޔާއި މަންފާ ވާސިލް ކޮށްދެއްވުމެވެ. ފޮތުގެ ނަން: ކެއުމުގެ އަދަބުތައް ލިޔުނީ:އަޙްމަދު ނާޒިޙް ޞަފްޙާގެ ޢަދަދު: 14 ޞަފްޙާ (A5 ސައިޒް). ފައިލް ސައިޒް: 1.02 MB ފޮތް ޑައުންލޯޑުކުރައްވާ
ޢީދުމީލާދުގެ ޙަޤީޤަތް 1

ﷲ ގެ ޝަރީޢަތަށާއި، ރަސޫލާއަށް ކިޔަމަންވާންވީ ގޮތް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ވަރަށް ސާފު ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ _ سورة آل عمران -31 މާނައީ:” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢުވާށެވެ! އޭރުން، ﷲ ތިޔަބައިމީހުން […]