ދިސަލަފިއްޔާ މަޖައްލާ ޝައްވާލު 1432ހ.

އަޅުގަނޑުމެން ވަނީ ކޮންމެ ހިޖުރީ މަހެއްގެ ލިޔުންތައް ޖަމާކޮށް، މަޖައްލާއެއްގެ ގޮތުގައި ނެރުމަށް ޤަޞްދުކޮށްފައެވެ. މިގޮތުން މިމަޖައްލާއަކީ، ﷲގެ ރަޙްމަތާއި ތަވްފީޤާއެކު، މިމަޤްޞަދުގެ ދަށުން ނެރެވޭ އެންމެ ފުރަތަމަ މަޖައްލާއެވެ.
އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (1)

އޯގާތެރި ފިރިއަކަށް ވުމަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅުން ޢިބްރަތްތެރި ފިލާވަޅުތައް ޙާޞިލް ކުރުމެވެ. ވަފާތެރި އަނތްބަކަށް ވުމަށްޓަކައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ނަމޫނާއިން ނާމޫނާ ލިބިގަތުމެވެ.
ކުފުރުގެ ވައްތަރުތައް – ދަލާއިލުއްތައުޙީދި 27

43- ކުފުރުގެ މާނައަކީ ކޮބާ؟ އަދި ކުފުރުގެ ވައްތަރުތަކަކީ ކޮބާ؟ ކުފުރު ބެހެނީ ދެބަޔަކަށެވެ. 1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ. ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨ މާނަ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ […]