ޢުމަރުބިން ޢަބްދުލްޢަޒީޒުގެ ކީރިތިކުރެއްވުން

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ އަނބިކަނބަލުން އެއްދުވަހަކު ޢުމަރު ބިން ޢަބްދުލްޢަޒީޒު ނަމާދުކުރައްވަން ހުންނަވާތަނަށް ވަދެވަޑައިގެން އިރު އެކަލޭގެފާނު މޫނުފުޅުމަތީގައި ދެއަތްޕުޅު އަޅުއްވައިގެން ހުންނަވައި ގިސްލާ ހާލު ކީރިތިކުރައްވަމުން ދަނީއެވެ. އެކަލޭގެފާނުގެ ކޯތާފަތްމަތީގައި ކަރުނަތިކިތައް ހިނގަހިނގާ ހުއްޓެވެ. އެކަމަނާ ދެންނެވިއެވެ. “އޭ މުއުމިނުތަކުންގެ އަމީރެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކޮންކަމާއި ތޯއެވެ؟ ” އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ” އޭ ފާޠިމާއެވެ. އަހަރެން މިވަނީ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އުއްމަތުގެ އެންމެހާ މީސްތަކުންގެ ޒިންމާ އަހަރެންގެ ކޮނޑުގައި އަޅައިގެންނެވެ. […]
ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 8

އިންސީންނާއީ، ޖަނަވާރުންގެ ޞިފައަށްވެސް ޖިންނީންތައް ބަދަލުވެއުޅެއެވެ. މިގޮތުން ހަރުފައާއި، ނަގުލުންދާއްޓާއި، މިނޫންވެސް އެހެން އެއްޗެހީގެ ޞޫރައަށްވެސް އެ އެއްޗެހިތައް ބަދަލުވެއެވެ.