ހިތެއް އޮތް މީހަކު ބިރުން ފިތްކަނޑައިގެން ދާވަރު ކަމެއް

އިސްލާމީ ވެރިކަމެއް ހިނގާ، އިސްލާމީ ޝަރީޢަތާ ތަޢާރަޟުނުވާ ޤާނޫނޫއަސާސީއެއް އޮންނަކަމަށް ބުނާ ދިވެހިރާއްޖޭގައި، މީސްމީހުން ބޭންކުތަކުން ނަގާފައި ހުންނަ ރިބަވީ ލޯނުތައް ނުދެއްކި ބަނގުރޫޓުވެފައިވާ މީހުންގެ އަތުންނާއި އެފަދަ ލޯނުތަކުގެ ދަލުގައި ޖެހި ސަލާމަތްނުވެވިގެން އުޅޭ އެތައްބައެއްގެ އަތުން ދިވެހިރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ބޭންކުތަކުން ރިބާ ނަގައިދެމުން ދެއެވެ. ރިބަވީ ލޯނު ނެގުމަކީ ފާފައެކެވެ. ވަރަށް ބޮޑު ފާފައެކެވެ. ހަމައެފަދައިން އެފަދަ ލޯނުތަކުގައި ހިމެނޭ ރިބާ ނަގައިދިނުމަކީވެސް ރިބާކެއުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. ރިބާ ކާ […]
ތަވްޙީދު ފިލާވަޅު 10 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

މިއާޔަތްތަކަށް ‘އާޔާތުލް ވަޞާޔާ އަލް ޢަޝްރި’ އޭ ކިޔެއެވެ. އެއީ މި އާޔަތްތަކުގައި 10 ކަމަކަށް ﷲތަޢާލާ ވަޞިއްޔަތްކުރައްވައި އަމުރުކުރައްވާފައިވާތީއެވެ.
ހެޔޮލަފާ އަނބިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ ވާރުތަމުދަލުގެ ގޮތުގައި ދެކެވުނު ބައެކެވެ. އޭނާގެ ފިރިމީހާ މަރުވުމުން، ވާރުތަ މުދާ ބަހާއިރު، ވާރުތަވެރީން އެއަންހެނާވެސް ވާރުތަ މުދަލުގެ ތެރޭގައި ހިމަނައެވެ. އަދި އެމުޖުތަމަޢުގައި އަންހެން ދަރިއަކު އުފަންވިކަމުގެ ޚަބަރު ލިބިއްޖެނަމަ އެކުއްޖާގެ ބައްޕަގެ މޫނުގެ ކުލަ އޮއްސިގެންދެއެވެ. އަދި އެކުދިން ދިރިތިއްބާ ވަޅުލާނީތޯ ނުވަތަ ލިބުނު ނިކަމެތިކަން ތަޙައްމަލުކުރާނީތޯ އެބައިމީހުން އެހިނދު ފިކުރުކުރެއެވެ. މިފަދަ އަނދިރިކަމެއްގައި […]