ތިބާ ދޮގުހަދައިފި!

އިންސާނާ ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ކުރަންޖެހޭނީ އިޚްލާސްތެރިކަމާއެކު ﷲ ތަޢާލާއަށް ބިރުވެތިވާހާލުއެވެ. އެހެނީ އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ބައްލަވާވޮޑިގެންވާ އަދި މޮޅަށް އައްސަވާވޮޑިގެންވާ އިލާހެވެ.
ޤުރުއާނާއި، ސުންނަތާއި، ހަތަރު ޚަލީފާއިންގެ ގޮތުގައި ހިފަހައްޓާށެވެ.

ފަހެ (އެވަގުތުގައި) ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި ބޭކަލުންގެ ގޮތުގައި ތިޔަބައިމީހުންގެ ކޮލުދަތްތަކުން ހިފަހައްޓާށެވެ.