ކާއިނާތުގައި އަހަރެން ކުރި ދަތުރު
އަހަރެންނާއި އެކީ ދަތުރެއް ކޮށްލަން ތިޔަ ކިޔުންތެރިޔާއަށް ދަޢުވަތު އަރުވަމެވެ. މުޅި ދަތުރު އަހަރެމެން ހުއްޓައިނުލައި ކުރިޔަށް ދާނީ، އަލި ދަތުރުކުރާ ހަލުވި ބާރު މިނުގައެވެ. އެއީ ސިކުންތަކު 299,792,458 (29.9 މިލިއަން) މީޓަރު ބާރު މިނުގައެވެ. ނުވަތަ ގަޑިއަކު 1,079,252,484 (1.08 ބިލިއަން) ކިލޯމީޓަރު ބާރުމިނުގައެވެ. ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ދުނިޔެއަކުންނޫނެވެ. އިރުންނެވެ. އަހަރެމެންގެ ދަތުރު އިރުން ފެށުމަށް ހަމަޖެހިފައިވާތީ އާއި ދަތުރަކީ ދުނިޔެއިން ބޭރުގައި ކުރެވޭ ދަތުރަކަށްވާތީއާއި އަދި ދަތުރު މިކުރަނީ މިހާރު…