ޙަރާމް ގޮތުގައި މުދާ ހޯދުން … ދުޢާ އިޖާބަނުވުމަށް އޮތް ސަބަބެއް.

ﷲ ތަޢާލާވަނީ، އެއިލާހަށް ދުޢާ ދަންނަވައި އެއިލާހުގެ ހަޞްރަތުން ކަންކަމަށް އެދުމަށް މީސްތަކުންނަށް އަންގަވާފައެވެ. އެހެނީ އެއިލާހީ ޞަމަދުވަންތައިލާހެވެ. ((اللَّـهُ الصَّمَدُ )) سورة الإخلاص ﴿٢﴾ މާނަ: ” ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. “ އެހެންކަމުން އެއީ އެންމެހައި ކަމަކުން ފުދިވޮޑިގެންވާ އިލާހެވެ. އެއިލާހަށް ދުޢާ ދެންނެވުން އެއީ މަތިވެރިވެގެންވާ އަޅުކަމެކެވެ. މި އަޅުކަން އަދާކުރަން ނުޖެހޭކަމަށް ދެކި ބޮޑާވާ މީހުންނީ ނިކަމެތިކަމާއި […]