ކަށްވަޅަކީ ތިބާގެ ގޮޅިއެވެ

އޭ ލޮބުވެތި އުޚުތެވެ! ﷲ އަށް ބިރުވެތިވާށެވެ. އަބަދުވެސް ﷲ ތިބާއަށް ބައްލަވާވޮޑިގެންވާކަން ހަނދާންކުރާށެވެ. ތިބާގެ ކޮންމެ ޢަމަލެއް ލިޔެވެމުން ދާކަން ހަނދާން ނައްތާނުލާށެވެ. މިއަދު ތިބާ ބޭނުންކަމެއް ކުރެވިދާނެއެވެ. ބޭނުންގޮތަކަށް އުޅެވިދާނެއެވެ. ތިބާގެ ވަށައިގެންވާ މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ޝައިޠާނާގެ އަވާގައި ޖެހިފައެވެ. ޝައިޠާނާވަނީ އެމީހުން ހެއްލުންތެރި ކޮށްފައެވެ. މީސްތަކުން މަގުފުރެދުމުގައި ޝައިޠާނާވަނީ އޭނާގެ ވަޢުދު ކިތަންމެ ރަނގަޅަށްވެސް ފުއްދާފައެވެ. އެކަމަކު މާދަމާ ތިބާޔަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މާދަމާ އަލުން ދިރުއްވާ ދުވަހުން ފެންނާނީ […]