مادة التوحيد ٢ (ދެވަނަ ފަޞްލުގެ ޖަވާބުތައް)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين ﷲ ތަޢާލާގެ ވާގިފުޅާއިއެކު مادة التوحيد ٢ގެ ދެވަނަ ފަޞްލުގެ ފިލާވަޅުތައް މިވަނީ ނިމިފައެވެ. އެހެންކަމުން މިއީ އުނގަންނަވައިދެއްވާ ބޭފުޅުންނަށް ފަސޭހައަކަށްޓަކައި، مادة التوحيد ٢ގެ ދެވަނަ ފަޞްލުގެ ޖަވާބުތައް އެކުލަވާލާ އަޅުގަނޑު ތައްޔާރު ކޮށްފައިވާ ޞަފުޙާއެކެއެވެ. ************************************************** مادة التوحيد ٢ގެ ދެވަނަ ފަޞްލުގެ ޖަވާބުތައް ޑައުންލޯޑު ކުރައްވާ: ލިންކް مادة التوحيدގެ ފިލާވަޅުތައް ބައްލަވާލައްވާ
ސުންނަތެއްނަމަ އޭގައި ހިފާށެވެ! މުޖްތަމަޢުއަށް ފައިދާވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ.

ﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއީ އެއިލާހުގެ ފޮތާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ކޮންމެކަމެއް އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ މައިދާނެއްގައިވެސް ތަޠުބީޤު ކުރުމެވެ. އެހެނީ އެންމެ ތެދުވެގެންވާ ބަހަކީ ﷲ ތަޢާލާގެ ވަޙީއެވެ. އެއީ އަޅުކަމެއްގެ ގޮތުގައި ކިޔެވުމާއި އެކު ޢަމަލުކުރަންޖެހޭ ވަޙީ (ކީރިތި ޤުރުއާނާއި) އަދި އަޅުކަމެއްގެ ގޮތުގައި ނުކިޔެވޭ ނަމަވެސް ޢަމަލުކުރަން ޖެހޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެވެ. ﷲ ތަޢާލާ އައްނަޖްމު […]