صلى الله عليه وسلم ލިޔުމުގެ ބަދަލުގައި ص ނުވަތަ SAWލިޔުމުގެ ޙުކުމް

صلى الله عليه وسلم ކުރުކޮށް ލިޔުމަކީ މަކުރޫހަކަމެއްކަމުގައި އިތުބާރުހިފޭ ޢިލްމުވެރިންތަކެއް ވިދާޅުވެފައިވާތީވެ އަޅުގަނޑުމެން މިފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭނެއެވެ.
އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 3

ތައުބާގެ ޝަރުޠުތަކާއި އެކަން ފުރިހަމަކުރާ ކަންތައްތައް “ތައުބާ” މިކަލިމައަކީ ވަރަށް މަތިވެރި ކަލިމައެކެވެ. އަދި މިކަލިމާގައި ވަރަށް ފުން މާނަތަކެއް އެކުލެވިގެންވެއެވެ. އެއީ ގިނަމީހުން ހީކުރާގޮތަށް ދުލުން ބަސްތަކެއް ބޭރުކޮށްލުމަށްފަހު ދެންއަނެއްކާވެސް ފާފައާއިގެން ކުރިއަށް ދިއުމެއްނޫނެވެ. ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅަށް ވިސްނާލުމުން، ތައުބާވުމަކީ އިސްތިޣުފާރުކުރުމަށްވުރެ މާތަނަވަސް ކަމެއްކަން އެނގޭނެއެވެ. ﴿وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ…﴾ (سورة هود ٣) މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ. އަދި އެއަށްފަހު […]
ޢަޤީދާގެ ފިލާވަޅު 21 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

އެންމެހާ ކަންތައްތައް ހިނގަމުންދަނީ އެއިލާހު ތަޤްދީރުކުރައްވާފައިވާގޮތަށެވެ. އެއިލާހުގެ މަޝީއަތްވަނީ ތަންފީޛުވެގެންނެވެ. އަޅުތަކުންނަށް ކަންތައްތައް ކުރުމުގެ ބާރުލިބިގެންވަނީ، ހަމައެކަނި އެއިލާހު އަޅުތަކުންނަށް އިރާދަކުރެއްވިކަމަކަށެވެ.