މިހިރަ ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ

ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑު ކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަރ ހަތިޔާރު އުފައްދާފައިވާ މިދުނިޔޭގައިވެސް، އުފެއްދިފައިނުވެއެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއްވަނީ ސުވަރުގެއިން ޖާގަހޯދާފައެވެ. އެއީ އިސްލާމީ ތާރީޚު ހެކިދޭކަމެކެވެ. ނަމާދުކުރާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ޒަކާތްދޭށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ރޯދަހިފާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ކުޅަދާނަ ވެގެންވާނަމަ ގެފުޅު ޤަޞްދުކުރާށެވެ. (ޙައްޖުގެ މަތިވެރި އަޅުކަން […]