[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިހިރަ ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ

  • ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑު ކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަރ ހަތިޔާރު އުފައްދާފައިވާ މިދުނިޔޭގައިވެސް، އުފެއްދިފައިނުވެއެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއްވަނީ ސުވަރުގެއިން ޖާގަހޯދާފައެވެ. އެއީ އިސްލާމީ ތާރީޚު ހެކިދޭކަމެކެވެ.
  • ނަމާދުކުރާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ.  ޒަކާތްދޭށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ރޯދަހިފާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ކުޅަދާނަ ވެގެންވާނަމަ ގެފުޅު ޤަޞްދުކުރާށެވެ. (ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާށެވެ). މިހިރި މިހިރަ ކަންތައްތަކަކީ ތިބާގެ ތަޤުވާވެރިކަން އިތުރުކޮށްދޭނެ ކަންތައްތަކެވެ.
  • ރަޙުމަތްތެރިން ހޮވުމުގައި ވިސްނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބޭ އެކުވެރިންނާއި ގުޅުން ބަދަހިކުރާށެވެ. ތިބާގެ ރަޙުމަތްތެރީންގެ ލިސްޓުން ޖާގަދޭންވީ ބަޔަކީ އެބައިމީހުންނެވެ. މިދުނިޔޭގެ އެދުންތަކުން ފޯވެފައިތިބޭ، ގޯސްކަންތައްތައް ކުރުމަށް ވާގިވެރިވާ ރަހުމަތްތެރިންނެއް ނޫނެވެ.
  • އެއިލާހުގެ ޙަޟްރަތަށް ގިނަގިނައިން ކުއްތަންވާށެވެ. ފާފަފުއްސެވުން އެދި އާދޭސް ދަންނަވާށެވެ. ﷲ އީ އަޅުތަކުންގެ ފާފަފުއްސަވާ އަލްޣަފޫރެވެ. އެއީ ކޮޅުނެތްކޮޅަށް ރަޙުމަތްވަންތަ އައްރަޙީމެވެ.

ލޮބުވެތި އުޚުތެވެ. ތިބާގެ ޙަޔާތުގެ ކޮންމެ ދުވަހަކީ މުހިއްމު ދުވަހެކެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ތިބާގެ އުމުރުން ކުރުވެގެންދާ ސިކުންތެކެވެ. މީހުން ކިޔާ އެއްޗަކަށް ނުބަލާށެވެ. މީހުން ތިބާޔާ މެދު ދެކެފާނެ ގޮތަކާމެދު ލަދުނުގަންނާށެވެ. މީހުން ކިޔާ އެއްޗެއްސާއި ކުރާ ފުރައްސާރަޔަށް ބީރު ކަންފަތެއް ދޭށެވެ. ފަހުޒަމާނުގައި ދީނަށް އުޅޭ މީހާގެ މިޘާލަކީ އަނގުރު އަލިފާންގަނޑެއް އަތަށްލައިގެން ހުންނަ މީހެއްގެ މިޘާލުކަމަށް، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވާކަން ތިބާއަށް އެނގޭދޯއެވެ؟ އެހެންކަމުން ޘާބިތުކަމާއެކު ހިފަހައްޓާލާށެވެ. މާތް ﷲ ތިބާއަށް ހެޔޮދަރުމަ ދެއްވާށިއެވެ. އާމީން!

وصلّى الله وسلّم على محمّد وعلى آله وصحبه أجمعين. والحمدلله ربّ العالمين.

=މުޖްތަމަޢުގެ މުތްތައް=

ނިމުނީ