ﷲ ތަޢާލާގެ ނިޢުމަތްތަކަށް އަހަރެން ޝުކުރުވެރިވާނީ ކިހިނެތް؟

ފަހެ ހިތުން ނިޢުމަތްތަކަށް ޝުކުރުކުރާނީ އެނިޢުމަތްތައް ޚަލްޤުކުރައްވާ، ދެއްވިފަރާތަށް އެނިޢުމަތްތައް ނިސްބަތްކުރުމުންނެވެ.
ދީނުގެ ދަޢުވަތަށް ހުރަސް އެޅުމަކީ “ސިޔާސީ” ކަމެއްނޫނެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ﷲ ތަޢާލާވަނީ އެކި ދުވަސްވަރު، ތަފާތު ޤައުމުތަކަށް އެބައިމީހުން އުޅެންވީ ގޮތާއި އުޅެގެން ނުވާނެ ގޮތްތައް އަންގަވާ ބަޔާންކޮށްދެއްވުމަށް އެބައިމީހުންގެ ތެރެއިން ރަސޫލުންނާއި ނަބިއްޔުން ފޮނުއްވާފައެވެ. އެއީ އެ އިލާހަށް އީމާންވީ ކިޔަމަންތެރި އަޅުން ސުވަރުގެ ވައްދަވައި ނުކިޔަމަންތެރި އަޅުން ނަރަކައަށް ވެއްދެވުމަށްޓަކައެވެ. އެގޮތުން މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެންމެހައި ނަބިއްޔުންނާއި ރަސޫލުން […]
ޣީބައިގެ މާނަ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣީބައިގެ މާނަ އަންގަވައި ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. “أَتَدْرُونَ مَا الْغِيبَةُ” “ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟” އެބޭކަލުން ދެންނެވިއެވެ، “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ذِكْرُكَ أَخَاكَ بِمَا يَكْرَهُ” “ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ” ދެން އެކަލޭގެފާނަށް ދެންނެވުނެވެ، “އަހަރެމެން ދެއްކީ (ހަގީގަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ […]