ރަމަޟާން މަހުގައި ރަސޫލުﷲ صلى الله عليه و سلم ގެ ޢަމަލުފުޅު ހުންނެވިގޮތް

އެއްވެސް ޝައްކެއް ނެތްގޮތުގައި ރަސޫލުﷲ صلى الله عليه و سلم ގެ ގޮތްކޮޅަކީ ނުވަތަ އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތަކީ އެންމެ ހެޔޮވެގެންވާ އެންމެ މަންފާކުރަނިވި މާތް ގޮތްކޮޅެވެ.
އިސްލާމްދީނުގައި އަންހެނުން ޢިލްމު އުނގެނުމުގެ މުހިއްމުކަން

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވަޙީބާވާލެއްވިފައިވަނީ އުނގެނުމާ ބެހޭގޮތުންނެވެ. އެއީ އަލްޢަލަޤް ސޫރަތުގެ ފުރަތަމަ އާޔަތެވެ.”اقْرَأْ “ކިޔަވާ ވިދާޅުވާށެވެ. މި ޚިޠާބުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަކި ޖިންސެއް ޚާއްޞަވެފައެއް ނުވެއެވެ. އިސްލާމްދީންވަނީ އަންހެނާއަށްވެސް ޢިލްމު އުނގެނުން ފަރްޟުކުރައްވާފައެވެ. މިފަރްޟުގެ ތެރޭގައި އީމާންކަމުގެ ރުކުންތަކާއި ތައުޙީދު މަޢުރިފާކޮށް ދެނެގަތުމާއި ބިދުޢަތަކާއި ޚުރާފާތްތައް ވަކިކޮށް ދެނެގަތުމާއި ޝަރުޢީ ފަރްޟުތަކާއި ދީނީ ވާޖިބުތައް އަދާކުރާނޭގޮތް ދަސްކުރުން ހިމެނެއެވެ. އަދި ފިރިމީހާއާއި ދަރީންގެ ކަންތައްތަކާއި ޢާއިލާގެ […]
މުސްލިމަކަށް ފާފައެއް ކުރެވެން އޮށްވާ، ނުކޮށް ދޫކޮށްލާ ކޮންމެ ފަހަރަކު ޘަވާބު ލިބޭނެތަ؟
މީހަކު ފާފައެއް ނުކޮށް ދޫކޮށްލާނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ޙާލަތެއްގައެވެ. އެންމެ ފުރަތަމަ ޙާލަތް : އެއީ ﷲ ތަޢާލާއަށް ބިރުން ފާފަ ނުކޮށް ދޫކޮށްލުމެވެ. މި ޙާލަތުގައި އެ ފާފަނުކޮށް ދޫކޮށްލުމުގެ ސަބަބުން އޭނާއަށް އަޖުރު ލިބޭނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. (( …ތިމަން އިލާހަށްޓަކައި އޭނާ އެކަން ( އެބަހީ : އެ ފާފަ ) ނުކޮށް ދޫކޮށްލައިފިނަމަ، އެކަން އެއީ އޭނައަށްޓަކައި ހެޔޮކަމެއް ކަމުގައި ލިޔުއްވާށެވެ… )) – رواه […]