[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާއަކީ ކޮބާ؟

  ދީނުގެ މަސްއަލަތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ހިތުން ތެދުކޮށް ކަށަވަރުކުރަންޖެހޭ ބަޔަކާއި، ޢަމަލާއި ބަހުން ދައްކައިދޭންޖެހޭ ބައެވެ. މިގޮތުން ހިތުން ތެދުކޮށް ކަށަވަރުކުރާ މަސްއަލަތަކަށް ކިޔަނީ ޢަޤީދާއެވެ. އަދި ޢަމަލާއި ބަހުން ކުރާ ކަންތައްތަކަށް ކިޔަނީ އަޙްކާމެވެ. ޢަޤީދާއަކީ ކަމަކަށް ޝައްކެއްނެތް ގޮތަށް ތެދުވެރިކަމާއި ކަށަވަރުކުރުމާއެކު އީމާންވުމެވެ. އިސްލާމީ ޢަޤީދާއަކީ ﷲއަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރަށާއި ނުބައިމިންވަރަށާއި، ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުން އައިސްފައިވާ ދީނުގެ އުޞޫލުތަކަށާއި އަމުރުތަކަށާއި ޚަބަރުތަކަށާއި، […]