[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާއަކީ ކޮބާ؟

 

ދީނުގެ މަސްއަލަތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ހިތުން ތެދުކޮށް ކަށަވަރުކުރަންޖެހޭ ބަޔަކާއި، ޢަމަލާއި ބަހުން ދައްކައިދޭންޖެހޭ ބައެވެ. މިގޮތުން ހިތުން ތެދުކޮށް ކަށަވަރުކުރާ މަސްއަލަތަކަށް ކިޔަނީ ޢަޤީދާއެވެ. އަދި ޢަމަލާއި ބަހުން ކުރާ ކަންތައްތަކަށް ކިޔަނީ އަޙްކާމެވެ.

ޢަޤީދާއަކީ ކަމަކަށް ޝައްކެއްނެތް ގޮތަށް ތެދުވެރިކަމާއި ކަށަވަރުކުރުމާއެކު އީމާންވުމެވެ. އިސްލާމީ ޢަޤީދާއަކީ ﷲއަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރަށާއި ނުބައިމިންވަރަށާއި، ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުން އައިސްފައިވާ ދީނުގެ އުޞޫލުތަކަށާއި އަމުރުތަކަށާއި ޚަބަރުތަކަށާއި، ސަލަފުއްޞާލިޙުން އިޖުމާޢުވެ ވަޑައިގެންފައިވާ ކަންކަމަށާއި، ﷲ ގެ ޙުކުމްފުޅުތަކަށާއި އަމުރުފުޅުތަކަށާއި ޝަރުޢުއަށާއި، ކިޔަމަންތެރިވުމުގައްޔާއި ޙުކުމްކުރުމުގައްޔާއި ތަބާވުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްކުރަންޖެހޭކަމަށް ތެދުކޮށް ކަށަވަރުކޮށް އީމާންވުމެވެ.

ޢަޤީދާގެ ޢިލްމުގައި އަލިއަޅުވާލެވޭ މަޢުލޫތަކަކީ: ތަވްޙީދުގެ ބައިތަކަށާއި، އީމާންކަމަށާއި، އިސްލާމްކަމަށާއި، ޣައިބުގައިވާ ކަންތައްތަކަށާއި، ނަބީކަމަށާއި، ޤަދަރަށާއި، ޢަޤީދާގެ މަސްއަލަތަކުގައި ސަލަފުއްޞާލިޙު ބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ކަންކަމަށާއި، ޞަޙާބީންނާއި އާލުބައިތުންނާމެދު ޤަބޫލުކުރަންޖެހޭ ކަންކަމުގެ މައްޗަށެވެ. ހަމައެހެންމެ، ޢަޤީދާގެ ތެރެއަށް ކާފަރުންނަށާއި، ބިދުޢަވެރިންނަށާއި، ހަވާނަފްސުގެ އަހުލުވެރިންނަށާއި، ތަފާތު މަގުފުރެދިފައިވާ ފިރުޤާތަކަށް ރައްދުދިނުންފަދަ ޢަޤީދާގެ ބައިތައް ވަދެގެންދާނެއެވެ.

ޢަޤީދާގެ ޢިލްމަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ތަފާތު ނަންތައް ދީފައިވެއެވެ. އެގޮތުން އެޢިލްމަށް ކިޔާ ނަންތަކުގެ ތެރޭގައި:

1. އަލްޢަޤީދާ، އަލްއިޢްތިޤާދު، އަލްޢަޤާއިދު: މިގޮތުގެ މަތީން ޢަޤީދަތުއް ސަލަފު ކިޔާއުޅެއެވެ.

2. އައްތަވްޙީދު: ﷲ އެއްކައުވަންތަކުރުމަކީ ޢަޤީދާގެ އެންމެ މުހިއްމު ބައެވެ. މިސަބަބާހުރެ ޢަޤީދާއަށް ތަވްޙީދު އޭ ކިޔައެވެ.

3. އައްސުންނާ: ސުންނަތުގެ މިތަނުގައި ޢިލްމުވެރިން މާނަކުރައްވަނީ އުޅޭ ގޮތަށެވެ. ސަލަފުންގެ ޢަޤީދާއަށް ސުންނަތޭ ކިޔަނީ އެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން ދައްކަވާ ދެއްވި މަގަށް ތަބާވާތީއެވެ.

4. އައްޝަރީޢާ:

5. އަލްއީމާން.

6. އުޞޫލުއް ދީން، ނުވަތަ އުޞޫލުއް ދިޔާނާ ކިޔައެވެ.

އިސްލާމީ ޢަޤީދާއޭ ބުނެވިއްޖެނަމަ އެއީ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން (أهل السنة والجماعة) ގެ ޢަޤީދާއެވެ.