ޙަސަނުލް ބަޞަރީ އާއި އެކަލޭގެފާނުގެ އަވައްޓެރި މަޖޫސީމީހާގެ ވާހަކަ

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ގެޔާއި ޖެހިގެން ހުރި ގޭގައި އުޅޭ މަޖޫސީއެއްގެ ގެޔަށް ތިމަންކަލޭގެފާނު ވަދެވަޑައިގަތީމެވެ. އޭނާ އޭރުއޮތީ މަރު ބަލީގައި އެނދުގައެވެ. އޭނާއަކީ އަވައްޓެރިންނަށް ހިތްހެޔޮ އަޚުލާޤު ރަނގަޅުމީހެކެވެ. ތިމަންކަލޭގެފާނު އޭނާއަށް މަރުމަތީގައި ﷲ ތަޢާލާ ތަޢުފީޤު ދެއްވައި އަދި އިސްލާމެއްގެ ގޮތުގައި މަރުގަންނަވާތޯ އުއްމީދުކުރީމެވެ. އޭނާއަށް ތިމަންކަލޭގެފާނު ދެންނެވީމެވެ.: ކަންތައްތައް ފެންނަނީ ކިހިނަކުން ހެއްޔެވެ؟ އަދި ޙާލު ކިހިނެއްހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަންނައަށް ބަލިހިތެއްވެއެވެ. އަދި އެއްވެސް ޞިއްހަތެއް އަހަރެންނަށް ނުވެއެވެ. […]