ނަމާދުގައި ކިޔާތަކެތި މާނައާއެކު (ކުޑަކުދިންނަށް)
ހޮވާލާފައި މިވަނީ ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، ނަމާދުގައި ކިޔުމަށް ޞައްޙަގޮތުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން އެންމެ ކުރު ދުޢާތަކެވެ. ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗަކަށްނުވާތީ ލިޔެފައިވާ ނިޔަތްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމުގެ ބޭނުމެއްނެތެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއް ނޫނެވެ. އެހެންކަމުން ނިޔަތް ގަންނާނީ ހިތުންނެވެ. 1- ޙަރަމްބަން ތަކްބީރު ކިޔުން. އެކަލިމައަކީ الله أكبر އެވެ. މާނައަކީ އެންމެ ބޮޑީ ﷲ އެވެ. 2- ދުޢާ އަލްއިސްތިފްތާޙް ކިޔުން. “سُبْحاَنَكَ اللَّهُمَّ وَبِحَمْدِكَ, وَتَباَرَكَ اسْمُكَ, […]