ސަލަފުންގެ ޙަޔާތްޕުޅަށް ނަޒަރެއް…3

ޢުމަރު ބިން ޢަބްދިލްޢަޒީޒް ރަޙިމަހުﷲ الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد: އާދެ، އަޅުގަނޑުމެން ކިޔަމުން މިދަނީ ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ އަންހާއި ވަރަށްބޮޑު ގުޅުމެއް އޮތް ބޭކަލެއްގެ ސިޔަރަތެވެ. އެހެންކަމުން އެކަލޭގެފާނުގެ ސިޔަރަތުގެ ސަފުޙާތަކަށް ދިޔުމުގެ ކުރިން، މުސްލިމުންގެ ދެވަނަޚަލީފާ ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރަށް ޖެހިލަންޖެހެއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. […]
ޤިޔާމަތް ދުވަހުން މުއުމިނުން އެބައިމީހުންގެ ރައްބު ދެކޭނެއެވެ

ޤިޔާމަތް ދުވަހުން ﷲ ތަޢާލާ މުއުމިނުންނަށް ބަސް ވަޙީ ކުރައްވާނެއެވެ. އަދި އެބައިމީހުންނަށް އެއިލާހު ދުށުމުގެ ނިޢުނަތް ދެއްވާނެެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ إِلَىٰ رَبِّهَا نَاظِرَةٌ ﴾ سورة القيامة މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ އަލި ވެގެން ވެއެވެ. އެމޫނުތަކުގެ ވެރިރަސްކަލާނގެ އަށް ބަލަބަލައި ތިބެއެވެ.” މިއީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެކަމަށް އަހްލުއްސުންނާ ވަލްޖަމާޢަތް ވަނީ އިޖްމާޢު ވެފައެވެ. އަދި ކިއެއްހެއްޔެވެ. އެކަމަށް އިންކާރުކުރާ މީހާ ކަފިރުވާނެކަމަށް […]