ޤިޔާމަތް ދުވަހުން ﷲ ތަޢާލާ މުއުމިނުންނަށް ބަސް ވަޙީ ކުރައްވާނެއެވެ. އަދި އެބައިމީހުންނަށް އެއިލާހު ދުށުމުގެ ނިޢުނަތް ދެއްވާނެެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ إِلَىٰ رَبِّهَا نَاظِرَةٌ ﴾ سورة القيامة މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ އަލި ވެގެން ވެއެވެ. އެމޫނުތަކުގެ ވެރިރަސްކަލާނގެ އަށް ބަލަބަލައި ތިބެއެވެ.” މިއީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެކަމަށް އަހްލުއްސުންނާ ވަލްޖަމާޢަތް ވަނީ އިޖްމާޢު ވެފައެވެ. އަދި ކިއެއްހެއްޔެވެ. އެކަމަށް އިންކާރުކުރާ މީހާ ކަފިރުވާނެކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާކަމަށް أبو الحسن الأشعري ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް مقالات الإسلاميين ގައި ވިދާޅުވެފައިވެއެވެ.
މުއުމިނުންނަށް އެއިލާހު ދުށުމުގެ ނަސީބުލިބުނުކަމުގައި ވިޔަސް ކާފިރުންނަކަށް އެނަސީބެއް ނުލިބޭނެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ كَلاَّ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴾ މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު އެއުރެން ވާނީ ފަރުދާ ކުރެވިގެންނެވެ.”
عن صهيب أن رسول الله صلى الله عليه وسلم قال في هذه الاية : ( لِّلَّذِينَ أَحْسَنُواْ ٱلْحُسْنَىٰ وَزِيَادَةٌ ) قال: ” إذا دخل أهل الجنة الجنة و أهل النار النار نادى مناد: يا أهل الجنة إن لكم عند الله موعدا يريد أن ينجزكموه. فيقولون: وما هو؟ ألم يبيض وجوهنا؟ ألم يثقل موازيننا؟ ألم يزحزحنا عن النار و يدخلنا الجنة؟ فيكشف لهم عن الحجاب ، فينظرون إلى الله عز وجل ، فما شيء أحب إليهم من النظر إليه ، وهي الزيادة) رواه الترمذي و صححه الباني
މާނައީ: ޞުހައިބް رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ( لِّلَّذِينَ أَحْسَنُواْ ٱلْحُسْنَىٰ وَزِيَادَةٌ ) މިއާޔަތުގެ މާނައިގައި ޙަދީޘް ކުރެއްވިއެވެ. “ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަދެ ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވަނުމުން، ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. އެ ސުވަރުގޭގެ އަހުލުވެރިންނޭވެ! ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެއިލާހުގެ ނިޢުމަށް ފުރިހަމަ ކުރެއްވުމަށްޓަކައި މަޥްޢިދެއް ކަނޑައަޅުއްވައިފިއެވެ. އެހިނދު އެބައިމީހުން ދަންނަވާނެއެވެ. އެއީ ކޮން ނިޢުމަތެއްތޯއެވެ؟ އެއިލާހު އަހުރެމެންގެ މޫނުތައް އަލި ނުކުރައްވާ ހެއްޔެވެ؟ އަހުރެމެންގެ (ހެޔޮކަމުގެ) ފަތް ބަރުނުކުރައްވާ ހެއްޔެވެ؟ އަހުރެމެން ނަރަކައިން ދުރުކުރައްވާ ސުވަރުގެ ނުވައްދަވާހެއްޔެވެ؟ (އެބަހީ: އެހުރިހާ ނިޢުމަތެއްވެސް އެއިލާހު ވަނީ އަހުރެމެންނަށް ދެއްވާފައެވެ. ދެން އެއަށްފަހުގައި ވަނީ ފަހެ ކޮން ނިޢުމަތެއްތޯއެވެ؟). ދެން ﷲ ތަޢާލާ އެބައިމީހުންނަށްޓަކައި ކަޝްފުވެވޮޑިގަންނަވާނެއެވެ. ފަހެ އެހިނދުން އެއިލާހު ދުށުމަށްވުރެ ލޮބްވެތިކަން ބޮޑު ކަމެއް އެބައިމީހުންނަކަށް ނުވެއެވެ. الزيادة ގެމާނައަކީ އެއީއެވެ.)
ދެންފަހެ ދުނިޔެމަތީގައި އެއްވެސް މީހަކަށް އެއިލާހު ނުފެންނާނެއެވެ. އެއްވެސް މީހަކށް ފެންނާނެ ނަމަ އަހުރެމެންގެ މާތް ނަބިއްޔާ رسول الله صلى الله عليه وسلم އަށް ފެނުނީހެވެ. ނަމަވެސް ޖުމްޙޫރު ޢިލްމުވެރިންގެ އަރިހުގައި އެކަލޭގެފާނަށް ﷲ ތަޢާލާ ނުފެނެއެވެ. އެކަމާބެހޭގޮތުން އެކަލޭގެފާނާ ސުވާލުކުރެއްވުމުން ވިދާޅުވި ބަސްފުޅު އެކަމުގެ ދަލީލަކަށް ފުދެއެވެ. عن أبي ذرّ رضي الله عنه قال: سألت رسول الله صلى الله عليه وسلم هل رأيت ربك ؟ فقال: ” نور أنّى أراه ” و في رواية ” رأيت نورا ” رواه مسلم
މާނައީ: އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނު رسول الله صلى الله عليه وسلم އާ ސުވާލުކުރެއްވީމެވެ. “ކަލޭގެފާނު ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދުށިިންތޯއެވެ؟” އެހިނދު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ފެނިލެއްވީ ނޫރެކެވެ.”
އޭ ލޮބުވެތި އަޚުންނާ އުޚްތުންނެވެ! މުސްލިމެއްގެ ގޮތުގައި ހުރެ ނޫނީ މަރު ނުވުމަށް އަޒުމު ކަނޑައަޅުއްވާށެވެ. އެހެނީ ދުނިޔެމަތީގައި ކާފިރުން ކިތަންމެ އަރާމާއި ތަނަވަސްކަމެއްގައި އުޅުނަސް ، އާޚިރަތުގެ އެންމެހައި ނިޢުމަތެއް ލިބުން ހުއްޓިފައި ވަނީ އިސްލާމްކަމުގެ މައްޗަށެވެ. އެހެންކަމުން ޤިޔާމަތް ދުވަހުން އެބަިއިމީހުންވާނީ ގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ. ވީމާ މި ދުޢާ ގިނަގިނައިން ތަކުރާރު ކުރައްވާށެވެ. ” يا مُقَلِب القُلُوبِ ثَبِتْ قَلْبِي على دِينِكَ ” މާނައީ: ” އޭހިތްތަށް ބަދަލުކުރައްވާ ފޮރުޅުއްވާ އިލާހް! މިއަޅާގެ ހިތް އިބައިލާހުގެ ދީނުގައި ޡާބިތު ކުރައްވާންދޭވެ.”