ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ ހިދާޔަތަށްވުރެ ނުވަތަ ޙުކުމަށްވުރެ އެހެން ފަރާތެއްގެ ހިދާޔަތް ނުވަތަ ޙުކުމް ރަނގަޅުކަމުގައި ދުށުން.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙުކުމަށްވުރެ އެހެން މީހެއްގެ ޙުކުމް މޮޅުވެފައި، ފުރިހަމަކަމުގައި އިޢުތިޤާދުކޮށްފިމީހާ ފަހެ ކުފުރުވެއްޖެއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ﷲގެ ފަރާތްޕުޅުން މީސްތަކުންނަށް ކަންތައްތައް ބަޔާންކޮށްދެއްވާ ކަލޭގެފާނެއެވެ.