ޝިރުކުގެ ތަޢުރީފު

ޝިރުކަކީ ﷲ ގެ ރައްބުވަންތަކަން ނުވަތަ އެއިލާހުގެ އުލޫހިއްޔަތުގައި އެހެން ފަރާތެއް އެއިލާހާ ބައިވެރިކުރުމެވެ. މީސްތަކުން އެންމެ ގިނައިން ކުރަނީ ﷲގެ އިލާހުވަންތަކަމުގައި ކުރާ ޝިރުކެވެ. މިސާލަކަށް ﷲ ފިޔަވައި އެހެނިހެން ފަރާތްތަކަށް ދުޢާ ދަންނަވާ މީހުންނާއި ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވުމަށާއި، ޙާޖަތްތައް ފުއްދަވާދެއްވުން އެދި އެފަރާތްތަކަށް ފަރިޔާދުކުރެތެވެ. ނަބިއްޔުންނާއި ވަލިއްޔުންގެ ކިބައިން ކަންތައްތައް ހިންމަވައިދެއްވުން އެދި ދަންނަވަތެވެ. އަދި އެބައިމީހުންގެ ޤަބުރުތަކުގެ ވަށައިގެން ޠަވާފުކޮށް، އެބައިމީހުންގެ ކައިރިން މަންފާ އެދެތެވެ. އެބައިމީހުންނަށް ތަކެތި ޤުރުބާންކޮށް ހަދަތެވެ. […]