އުޞޫލުލް ފިޤްހުގައި އަލްޙުކުމުލް ވަޟުޢީ

ވަޟްޢީ ޙުކުމަކީ، ވަޟުޢީގޮތެއްގައި އަޅުތަކުންގެ ނުވަތަ އެހެން ފަރާތްތަކުގެ ޢަމަލުތަކާގުޅޭގޮތުން އައިސްފައިވާ ﷲ ތަޢާލާގެ ޚިޠާބުގެ އަޘަރެވެ. އެއީ އެއްޗެއް އެހެން އެއްޗެއްގެ ރުކުނަކަށް ނުވަތަ އޭގެ ޝަރުޠަކަށް ނުވަތަ އޭގެ ސަބަބަކަށް ނުވަތަ އޭގެ މާނިޢުއަކަށް ނުވަތަ ޞައްޙަވާ އެއްޗަކަށް ނުވަތަ ފާސިދުވާ އެއްޗަކަށް ހަމަޖެއްސުމެވެ.