ثلاثة الأصول 1

ދަންނާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާށި! ހަމަކަށަވަރުންވެސް އަހަރެމެންގެ މައްޗަށް ހަތަރު ކަމެއް އުނގެނުން ވާޖިބުވެގެންވެއެވެ. ފުރަތަމައީ: ޢިލްމެވެ. އެއީ ﷲ މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ނަބިއްޔާ މަޢުރިފާކޮށް ދެނެގަތުން އަދި ދަލީލާ އެކުގައި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ. ދެވަނައީ: އެއަށް ޢަމަލުކުރުމެވެ. ތިންވަނައީ: އެއަށް ދަޢުވަތުދިނުމެވެ. ހަތަރުވަނައީ: އެޢިލްމު އުނގެނުމުގައްޔާއި، އެއަށް ޢަމަލުކުރުމުގައި އަދި އެއަށް ދަޢުވަތު ދިނުމުގައި ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވުމެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. بِسْمِ اللهِ الرَّحْمَنِ الرَّحِيمِ- […]