[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ثلاثة الأصول 1

ދަންނާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާށި! ހަމަކަށަވަރުންވެސް އަހަރެމެންގެ މައްޗަށް ހަތަރު ކަމެއް އުނގެނުން ވާޖިބުވެގެންވެއެވެ.

ފުރަތަމައީ: ޢިލްމެވެ. އެއީ ﷲ މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ނަބިއްޔާ މަޢުރިފާކޮށް ދެނެގަތުން އަދި ދަލީލާ އެކުގައި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ.

ދެވަނައީ: އެއަށް ޢަމަލުކުރުމެވެ.

ތިންވަނައީ: އެއަށް ދަޢުވަތުދިނުމެވެ.

ހަތަރުވަނައީ: އެޢިލްމު އުނގެނުމުގައްޔާއި، އެއަށް ޢަމަލުކުރުމުގައި އަދި އެއަށް ދަޢުވަތު ދިނުމުގައި ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވުމެވެ.

މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. بِسْمِ اللهِ الرَّحْمَنِ الرَّحِيمِ- وَالْعَصْرِ * إِنَّ الإِنسَانَ لَفِي خُسْرٍ * إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ -العصر1-3 “ޒަމާންގަންދީ ވަޙީކުރައްވަމެވެ. ހަމަކަށަވަރުން އިންސާނާވަނީ ހަލާކެއްގެ ތެރޭގައެވެ. އީމާންވެ، ޞާލިޙު ޢަމަލުކޮށް، ޙައްޤައް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް ވަޞިއްޔަތް ކުރިމީހުން ފިޔަވައެވެ.

އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މައްޗަށް ޙުއްޖަތެއްކަމުގައި މިސޫރަތް ފިޔަވައި އެހެން ސޫރަތެއް ބާވައިނުލެއްވި ނަމަވެސް، އެބައިމީހުނަށް ފުދެއެވެ.”

އަދި އިމާމު ބުޚާރީ ރަޙިމަހުﷲ (އައްޞަޙީޙުގައި)  ވިދާޅުވެފައިވެއެވެ.  “ބާބު: ބަހާއި ޢަމަލުގެ ކުރިން ޢިލްމު އުނގެނުން ހުއްޓެވެ.”  ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللهُ وَاسْتَغْفِرْ لِذَنْبِكَ -محمد: 19 މާނައީ “ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށް ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!

(ނުނިމޭ)

=ޝައިޚުލް އިސްލާމް މުޙައްމަދު ބުން ޢަބްދިލް ވައްހާބު ލިޔުއްވާފައިވާ ޘަލާޘަތުލް އުޞޫލި ވަ އަދިއްލަތިހާގެ ދިވެހި ތަރުޖަމާ=