ކުޑަކުދިންގެ ވާހަކަ: ހިތްވަރުގަދަ ކުއްޖާ
ގްރޭޑް ހަތަރެއް ބީ ކްލާހުގައި ބަހައްޓާފައި ހުރި ފަތި ޓީވީ ހަލާކު ވެއްޖެއެވެ. މިކަމާ ސްކޫލުގެ ވެރިންނާ ޓީޗަރުން ވަރަށް ކަންބޮޑު ވެއްޖެއެވެ. ޓީވީއަށް ބަލާލުމުން އެއީ ގަސްދުގައި ދީފައި ހުރި ގެއްލުމެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ.