ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން 1

ކީރިތި ޤުރުއާނުގެ ކޮންމެ ސޫރަތަކީވެސް މާތްކަން އިތުރު ދަރުމަގިނަވެގެންވާ ސޫރަތްތަކެކެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތަކަށް، އެހެން ސޫރަތްތަކުގެ މައްޗަށް ޙާއްޞަކަން ލިބިފައިވެއެވެ. އަދި ބައެއް އާޔަތްތަކަށް އެހެން އާޔަތްތަކުގެ މައްޗަށް ޚާއްޞަކަންލިބިގެންވެއެވެ.