توبة ވުމުގެ ޝަރުތުތައް. އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ކޮންމެ ފާފައަކުންވެސް ތައުބާ ވުމަކީ ވާޖިބު ވެގެންވާކަމެކެވެ. އަދި ކުރެވިފައިވާ ފާފައަކީ، މީސްތަކުންގެ ޙައްޤާއި ގުޅިފައިނުވާ، ހަމައެކަނި ﷲތަޢާލާއާއި އެ އަޅަކާއި ދެމެދު ކުރެވިފައިވާ ކަމެއްނަމަ ތައުބާވުމަށްޓަކައި 3 ޝަރުތެއްފުރިހަމަވާން ޖެހެއެވެ. އެއީ 1- ފާފަކުރުން ހުއްޓާލައި އެކަމުން އެއްކިބާވުން. 2- ފާފައަށް އަރައިގަނެވުނު ކަމުގެ މައްޗަށް ދެރަވެ ހިތާމަކުރުން. 3- އަލުން އަނބުރައި އެފަދަ ފާފައަކަށް ދުވަހަކުވެސް އަރައިނުގަތުމަށް ޢަޒުމުކަނޑައެޅުން. މިތަނުން އެއްވެސް ޝަރުތެއްފުރިހަމަ ނުވާކަމުގައިވާނަމަ،…