ނަބަވީ އިރުޝާދުތަކުގެ ތެރެއިން 23

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ތިމަންކަލޭގެފާނުގެ ގެކޮޅާއި، ތިމަންކަލޭގެފާނުގެ [މިސްކިތުގެ] މިންބަރާއި ދެމެދުގައިވާ ބިންކޮޅަކީ ސުވަރުގޭގެ ބިންކޮޅުތަކުގެ ތެރެއިން ބިންކޮޅެކެވެ.”