عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( مَا بَيْنَ بَيْتِيْ وَ مِنْبَرِيْ رَوْضَةٌ مِنْ رِيَاضِ الجَنَّةِ )). [متفق عليه]
ޙަދީޘްގެ މާނަ :
އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ތިމަންކަލޭގެފާނުގެ ގެކޮޅާއި، ތިމަންކަލޭގެފާނުގެ [މިސްކިތުގެ] މިންބަރާއި ދެމެދުގައިވާ ބިންކޮޅަކީ ސުވަރުގޭގެ ބިންކޮޅުތަކުގެ ތެރެއިން ބިންކޮޅެކެވެ.”
މިޙަދީޘް ގެންނަވާފައިފަނީ އިމާމް ބުޚާރީއާއި މުސްލިމެވެ.
މިޙަދީޘުން ލިބޭ ބައެއް ފައިދާ :
* ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިސްކިތްކޮޅުގެ ޝަރަފުވެރިކަމާއި މާތްކަން ހާމަވެއެވެ.
* ﷲ ތަޢާލާގެ އޯގާވަންތަކަމާއި، ދަރުމަވަންތަވެރިކަމުން އެކަލާނގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލައަށާއި މުސްލިމުންނަށް ދެއްވާފައިވާ ނިޢުމަތްތައް ފާހަގަވެއެވެ.