ތައުޙީދުލް އަސްމާއި ވައްޞިފާތި

ތައުޙީދުލް އަސްމާއި ވައްޞިފާތި އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަން ފުޅުތަކާއި ސިފަފުޅު ތަކުގައި އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެނގި ބަޔާން ވެގެންވާ ﷲ ގެ އެންމެހައި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހުގެ ޒާތުފުޅާއި ލާއިޤުވެގެންވާ ގޮތުގެ މަތީން އެއްވެސް ތަޙްރީފެއް ނުކޮށް ތަޢްޠީލެއް ނުކޮށް އަދި ތަކްޔީފެއްވެސް ނުކޮށް އެއިލާހަށް އެކަނި ހުރި ކަމުގައި ޤަބޫލުކޮށް ސާބިތު ކުރުމެވެ. އަދި، އެއިލާހުގެ އެންމެހައި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހު […]
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! (5)

ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. މީސްތަކުން އުޅެންވީ ގޮތް ތަފުޞީލުކޮށް އެފޮތުގައިވަނީ ބަޔާންކުރެވިފައެވެ. އެފޮތަށް ފުރިހަމައަށް އީމާންވެ، ދީނީ ޢިލްމު ޙާޞިލުކޮށް އެޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހަކު ދުވަހަކުވެސް އަބާއްޖަވެރިވެގެން ނުދާނެއެވެ.