ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރެވެނީ

މަދަރުސީ ތަޢުލީމު ނިންމާ ދަރިވަރަކަށް ނަމާދުގައި ކިޔާތަކެތި ނޭނގެޔޭ، ހިނައިގަންނަން ނޭނގެޔޭ، ކީރިތި ޤުރުއާން ބަލައިގެން ކިޔަވަން ނޭނގެޔޭ ބުނެފިނަމަ ތިބާ ޤަބޫލުކުރާނަން ހެއްޔެވެ؟ މިއީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެފަދަ އެތައް ކުދިންނެއް މިއަދުގެ މުޖްތަމަޢުން އެބަފެނެއެވެ. މުސްލިމަކަށްވީތީވެ ކޮންމެހެން އެނގެންޖެހޭ ވަރަށް ގިނަ އަސާސީ ދީނީ މައުލޫމާތުތައްވެސް ނޭނގޭ އެންމެ ކުޑަމިނުން ތިމާ ހެއްދެވި ފަރާތަށް އަޅުކަންކުރާނެ ގޮތްވެސް ނޭނގޭ އެތައް ދަރިވަރުންނެއް މިއަދު މަދަރުސާތައްދޫކޮށް އެބަނުކުމެވެ. ދިވެހި ރާއްޖޭގެ ގިނަ މަދަރުސާތަކަކީ ދީނީ […]