ތައުޙީދުގެ އަހުލުވެރިޔާ އެއްވެސް ޙިސާބަކާއި އަދި ޢަޛާބަކާ ނުލައި ސުވަރުގެ ވަންނަހުއްޓެވެ
ތައުޙީދުގެ އަހުލު ވެރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެ ވޮޑިގެންވާ މީހުންނެވެ. ތައުޙީދު ބަރާބަރުކޮށް ތައުޙީދުގައިވާ ގޮތުގެމަތީން ޢަމަލުކުރާ މީހާ އެއްވެސް ހިސާބަކާއި، އަޛާބަކާއި ނުލައި ސުވަރުގެ ވަނާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتاً لِلّهِ حَنِيفاً وَلَمْ يَكُ مِنَ الْمُشْرِكِينَ -النحل : 120- މާނައީ: “ހަމަ ކަށަވަރުން އިބްރާހީމް(ޢަލައިހިއްސަލާމް) ވެވަޑައިގެންނެވީ ﷲ ފިޔަވައި އަޅުކަން ކުރެވޭ ހުރިހައި ތަކެތިން ދުރުވެ ވަޑައިގެން ހަމައެކަނި ﷲއަށް […]