ދީން އޮޅުން ފިލުވައިދިނުން

އަނބިމީހާއީ ދީނުގެ ފަރާތުން އޭނާއަށް ލާޒިމްވާ ކަންތައް ކުރަން ނޭގޭފަދަ ޖާހިލު މީހަކުނަމަ، އެފަދަ މިންވަރު އޭނާއަށް އުނގަންނައިދިނުމީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންވާ ޙައްޤެކެވެ. މިބަހުގެ މާނައަކީ ކޮންމެހެން ޑިގްރީ ނެގޭވަރަށް ކިޔަވައިދިނުން ވާޖިބު ވީވާހަކައެއް ނޫނެވެ. ނަމަވެސް އީމާން، އިސްލާމް، އިޙްސާން މިކަންކަމާއި، ހިނައި ޠާހިރު ވާނެގޮތާއި ނަމާދުކޮށް ރޯދަހިފާނެގޮތާ އަދި މިނޫންވެސް ދީނުގެ ފަރާތުން ކޮންމެހެން ކުރަން ލާޒިމް ކުރާ ކަންތައްތައް ކުރާނެގޮތް އަންގައިދިނުމެވެ. ތިމާ އަމިއްލައަށް އުނގަންނައިދިނަސް އަދި މީހަކު މެދުވެރިކޮށް […]