[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީން އޮޅުން ފިލުވައިދިނުން

957d8f622e8b423561c1ed66db420dd7އަނބިމީހާއީ ދީނުގެ ފަރާތުން އޭނާއަށް ލާޒިމްވާ ކަންތައް ކުރަން ނޭގޭފަދަ ޖާހިލު މީހަކުނަމަ، އެފަދަ މިންވަރު އޭނާއަށް އުނގަންނައިދިނުމީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންވާ ޙައްޤެކެވެ. މިބަހުގެ މާނައަކީ ކޮންމެހެން ޑިގްރީ ނެގޭވަރަށް ކިޔަވައިދިނުން ވާޖިބު ވީވާހަކައެއް ނޫނެވެ. ނަމަވެސް އީމާން، އިސްލާމް، އިޙްސާން މިކަންކަމާއި، ހިނައި ޠާހިރު ވާނެގޮތާއި ނަމާދުކޮށް ރޯދަހިފާނެގޮތާ އަދި މިނޫންވެސް ދީނުގެ ފަރާތުން ކޮންމެހެން ކުރަން ލާޒިމް ކުރާ ކަންތައްތައް ކުރާނެގޮތް އަންގައިދިނުމެވެ. ތިމާ އަމިއްލައަށް އުނގަންނައިދިނަސް އަދި މީހަކު މެދުވެރިކޮށް އުނގަންނައިދިނަސް އެންމެ ރަނގަޅެވެ. އަދި މީގެ އިތުރަށް ދިރިއުޅުމުގެ ތެރޭގައި ދިމާވާ އެކިކަންތައްތައް ކުރާނެގޮތް ދަސްކޮށްދިނުންވެސް އެކަމަށް ތަނަވަސް ވެގެންވާނަމަ އެދެވިގެންވެއެވެ.

އަނބިމީހާއަށް ކާން ދިނުމާ ފޭރާންދިނުމާ އަދި ނިދާއުޅޭނޭގޮތް ތަނަވަސްކޮށްދޭ ފަދައިން ރޫޙާނީ ހުރިހާ ކަމެއްގެ ތަޢުލީމު އޭނާއަށް އުނގަންނައިދީ އެގޮތުގެ މައްޗަށް ތަރުބިއްޔަތު ކޮށްދިނުމުގެ ވާޖިބުކަން ވަކިކުޑައެއް ނޫނެވެ. މާތްﷲ ވަހީ ކުރައްވަނީ

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا -التحريم: ٦

  މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންނާ އަދި ކަލޭމެންގެ އަހުލު ވެރީންގެ ނަފްސުތައް އަލިފާނުން ސަލާމަތް ކުރާށެވެ”. މިއެވެ. އެބަހީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވޭފަދަ ޢަމަލުތައް ކުރާށެވެ. އަދި އަހުލު ވެރިންލައްވައި އެފަދަ ޢަމަލުތައް ކުރުވާށެވެ. އަހުލު ވެރިންކުރެ ގާތް ބަޔަކީ އަނބީންނެވެ. ފަހެ އަނބީންނަށް ދީނުގެ ކަންތައް ދަސްކޮށްދީ އެފަދައިން ޢަމަލު ކުރުވުމަށް އަމުރު ކޮށް މަސައްކަތްކުރުމީ ފިރީންގެ ވާޖިބެއްކަން އޮޅުމެއްނެތި މިއާޔަތުން އެނގެއެވެ.