ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތުމުގެ ކުރީގައި ފާރިސީންގެ ހާލަތު

ދީނީ ޙާލަތު ފާރިސީންނަކީ އަލިފާނަށް އަޅުކަން ކޮށް އުޅުނު ބައެކެވެ. އެބައިމީހުން ހީކުރިގޮތުގައި އަލިފާނަކީ ބާރު ލިބިގެންވާ އެއްޗެކެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް ހިނގަނީ އަލިފާނުގެ ބާރުންނެވެ. އަޅުކަންކޮށް އުޅުމަށްޓަކައި ބޮޑެތި އަލިފާންގަނޑުތައް ރޯކޮށް އުޅުނެވެ. އަދި ރޭގަނޑާއި ދުވާލުގައި ނިވުމެއް ނުވާ ގޮތަށް އަބަދު އަލިފާންގަނޑުތަކަށް ދަރުއަޅައި އަންދާ ހެދިއެވެ. ކީރިތި ރަސޫލާ ދުނިޔެއަށް އުފަންވެވަޑައިގަތުމާއެކު ފާރިސީން އަޅުކަން ކުރަމުންއައި ބޮޑު އަލިފާންގަނޑު ނިވުނު ވާހަކަ އިމާމް ބައިހަޤީ ރިވާކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި […]