[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތުމުގެ ކުރީގައި ފާރިސީންގެ ހާލަތު

131873038_antique-arabic-islamic-persian-safavid-pitcher-ewer-jug-ދީނީ ޙާލަތު

ފާރިސީންނަކީ އަލިފާނަށް އަޅުކަން ކޮށް އުޅުނު ބައެކެވެ. އެބައިމީހުން ހީކުރިގޮތުގައި އަލިފާނަކީ ބާރު ލިބިގެންވާ އެއްޗެކެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް ހިނގަނީ އަލިފާނުގެ ބާރުންނެވެ. އަޅުކަންކޮށް އުޅުމަށްޓަކައި ބޮޑެތި އަލިފާންގަނޑުތައް ރޯކޮށް އުޅުނެވެ. އަދި ރޭގަނޑާއި ދުވާލުގައި ނިވުމެއް ނުވާ ގޮތަށް އަބަދު އަލިފާންގަނޑުތަކަށް ދަރުއަޅައި އަންދާ ހެދިއެވެ. ކީރިތި ރަސޫލާ ދުނިޔެއަށް އުފަންވެވަޑައިގަތުމާއެކު ފާރިސީން އަޅުކަން ކުރަމުންއައި ބޮޑު އަލިފާންގަނޑު ނިވުނު ވާހަކަ އިމާމް ބައިހަޤީ ރިވާކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ “އައްޞާބިޢީން” އަކީ މިބައިމީހުން ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ލިޔުއްވަތެވެ.

އިޤްތިޞާދީ ޙާލަތު

ފާރިސީންގެ އިޤްތިޞާދު ބިނާވެފައިއޮތީ ވިޔަފާރީގެ މައްޗަށެވެ. އަދި ދަނޑުވެރިކަމުގެ މައްޗަށެވެ. މީގެ އިތުރުން ޢިމާރާތްކުރުމާއި، އަތްތެރި މަސައްކަތާއި، ބޭސްވެރިކަމާއި، ފަންނުވެރިކަމުގައި ފާރިސީންނަކީ ކުރިއަރާފައިވާ ބައެކެވެ. އާރޓް ނުވަތަ ކުރެހުމުގެ ޢިލްމާއި ބަހުގެ ޢިލްމުގައިވެސް ފާރިސީން ވީ ކުރިއަރާފައިވާ ބައެއް ކަމުގައެވެ. ފާރިސީ ބަހުގެ ނުފޫޒު ޢަރަބި ބަހާއި އެހެން ބަސްތަކަށް މިސާލަކަށް ޕެސްތޯބަހާއި އުރުދޫ ބަހަށް ވަރަށް ބޮޑަށް ފޯރާފައިވެއެވެ. އިސްލާމްދީން އައުމުގެ ކުރީގައި ފާރިސީން އެމީހުންގެ ބަހާއި ޘަޤާފަތު ފަތުރަން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. މިގޮތުން ހަނގުރާމަކޮށްގެން އަތުލާ ރަށްރަށުގައި ރަސްމީ ބަހުގެ ގޮތުގައި ފާރިސީބަސް ކަނޑައަޅަމުން ދިޔައެވެ.

އިޖްތިމާޢީ ޙާލަތު

އިޖްތިމާޢީ ގޮތުންނާއި އަޚްލާޤީގޮތުން ބަލާއިރު ފާރިސީންނަކީ ޢަރަބިންނަށް ދޫކުރާ ވަރުގެ ބައެއް ނޫނެވެ. އެމީހުންގެ މުޖްތަމަޢުގައިވެސް އޮތީ ފަޤީރުންނާއި މުއްސަނދިންގެ މެދުގައި ފަރަޤުކުރުމާއި، ތަފާތު އަޚްލާޤީ ބަލިތަކުގެ ޝިކާރައަކަށް މުޖްތަމަޢުވެ، ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާ ދަރަޖައަށް އަޚްލާޤު ފާސިދުވެފައެވެ. މިގޮތުން ވައްކަން ކުރުމާއި ފޭރުމާއި ލޫޓޫވުމާއި، މީހުން މެރުމާއި، ޒިނޭކުރުމާއި، ރޭޕްކުރުމާއި، ގާތްތިމާގެ މީހުންނާ ކައިވެނިކުރުމާއި، ރިބާގެ މުޢާމަލާތްތައް ހިންގުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުން އޮތީ ޢާއްމުކަމަކަށް ވެފައެވެ. މުޖްތަމަޢުގައި އެއްވެސް ހަމަޖެހުމެއް ޞުލްޙަ މަސަލަސްކަމެއް ނެތެވެ. އަޚުލާޤީ ދަށުދަރަޖައަކަށް އެމީހުންގެ މުޖްތަމަޢު ވެއްޓިފައިވުމާއެކުވެސް ހަނގުރާމައިގެ މައިދާނުގައި އެމީހުންގެ ހިތްވަރުގަދަ ކަމާއި ހެވިކަމަށް ފަރިތަކަމަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.