އަނބީންގެ މެދުގައި ހަމަހަމަކުރުން

ފިރިމީހާގެ ދެއަނބިން، ނުވަތަ ތިން އަނބިން، ނުވަތަ ހަތަރު އަނބިން ތިބިނަމަ އެ އަނބިންގެ މެދުގައި ހަމަހަމަކުރުމީ ފިރިމީހާގެ ފަރާތުން އަނބިންނަށް އޮތް ޙައްޤެކެވެ. އެއީ ކާންދިނުމާ ފޭރާން ދިނުމާ އުޅޭތަން ދިނުމާ އަދި އެއްތާ ނިދުމުގެ ގޮތުންވެސްމެއެވެ. އަދި މިނޫންވެސް މިބާވަތުގެ ހުރިހާ ކެމެއްގައެވެ. އަދި ދެއަނބިން ނުވަތަ އެއަށްވުރެ ގިނައިން އަނބީން ތިބޭނަމަ ދަތުރަކު ދާއިރު އެކީގައި އަނބަކު ގެންދަން ވެއްޖެނަމަ ގުރުއަތު ލައިގެން ހޮވުނު އަނތްބަކު ގެންދިއުމީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ […]