އެއްޗެއް ދެނެގަތުމުގެ ދަރަޖަތައް

މިލިޔުމުގައި މިވާ އިޞްޠިލާޙުތަކަކީ ޢިލްމުވެރިންގެ ފޮތްތަކުގައި، އެކިމައްސަލަތަކުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅުން ބޭނުންކުރައްވާ އިޞްޠިލާޙުތަކެކެވެ.
އަޅުކަން

އަޅުކަން ނުވަތަ ޢިބާދާތު އޭ ބުނެވޭ ބަހުގެ މާނައީ؛ ނިކަމެތިވެ ދެރަވުމެވެ. ނުވަތަ އަދަބުވެރިވެ ބިރުވެތި ވުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ޢިބާދާތް އޭ ނުވަތަ އަޅުކަމޭ ބުނެވޭ ބަހުގެ މާނައީ؛ ﷲ އަމުރު ކުރެއްވި ކަންތައް ކުރުމާއި އެއިލާހުގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުވެ އެއިލާހުގެ ޙަޟުރަތަށް ކިޔަމަންތެރި ވުމެވެ. އެހެން ޢިބާރާތަކުން ބުނަނީނަމަ، އަޅުކަމަކީ ބޭރުފުށާއި އެތެރެ ފުށުގެ ޢަމަލު ތަކާއި ބަސްތަކުގެ ތެރެއިން އެކަމަކަށް ﷲ ރުހިވޮޑިގެންވާ އަދި ލޯބިވެ ވޮޑިގެންވާ ކޮންމެ ކަމަކަށް […]