الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢިލްމަކީ: “އެއްޗެއްގެ ޙަޤީޤަތާ އެއްގޮތަށް، ޔަޤީންކަމާ އެއްކޮށް އެ އެއްޗެއް ދެނެގަތުމެވެ.”
އެއްޗެއް ދެނެގަތުމުގެ 6 ދަރަޖަ ވެއެވެ.
ފުރަތަމައީ: العِلْمُ އެވެ. އެއީ އިސްވެ ބަޔާންކުރެވުނުފަދައިން “އެއްޗެއްގެ ޙަޤީޤަތާ އެއްގޮތަށް، ޔަޤީންކަމާ އެއްކޮށް އެ އެއްޗެއް ދެނެގަތުމެވެ.”
ދެވަނައީ: الجَهْلُ البَسِيْطُ އެވެ. އެއީ “އެއްޗެއް އެކުއެކީ ނޭނގުމެވެ.”
ތިންވަނައީ: الجَهْلُ المُرَكَّبُ އެވެ. އެއީ “އެއްޗެއްގެ ޙަޤީޤަތާ ޚިލާފަށް އެ އެއްޗެއް ދެނެގަތުމެވެ.”
مُرَكَّب ގެ ނަމުން މިއަށް ނަންދެވިފައިވަނީ މިކަމުގައި ޖާހިލުކަމުގެ ދެކަމެއް އެކުލެވިފައިވާތީއެވެ: އެއީ ކަން ހިނގާގޮތް އެމީހާއަށް ނޭނގުމާއި، އޭނާގެ އަމިއްލަ ޙާލު އޭނާއަށް ނޭނގުމެވެ. އެހެނީ އޭނާ ޢިލްމުވެރިއަކަށް ނުވާއިރު އޭނާއަކީ ޢިލްމުވެރިއެއްކަމުގައި އޭނާ ހީކުރެއެވެ.
ހަތުރުވަނައީ: الوَهْمُ އެވެ. އެއީ “އިދިކޮޅު ގޮތަކީ ބުރަދަން ހުރިގޮތް ކަމަށްވުމުގެ ފުރުޞަތު އޮވެ، އެއާ ޚިލާފަށް އެއްޗެއް ދެނެގަތުމެވެ.”
ފަސްވަނައީ: الشَكُّ އެވެ. އެއީ “އިދިކޮޅު ގޮތަކީ އެއް ހަމައެއްގައިވާ ކަމަކަށް ވުމުގެ ފުރުޞަތު އޮވެ، އެއާ ޚިލާފަށް ދެނެގަތުމެވެ.”
ހަވަނައީ: الظَنُّ އެވެ. އެއީ “އިދިކޮޅު ގޮތަކީ ބުރަދަން ނެތް ގޮތް ކަމަށްވުމުގެ ފުރުޞަތު އޮވެ، އެއާ ޚިލާފަށް އެއްޗެއް ދެނެގަތުމެވެ.”
_____________________________________
[1] މިލިޔުމުގައި މިވާ އިޞްޠިލާޙުތަކަކީ ޢިލްމުވެރިންގެ ފޮތްތަކުގައި، އެކިމައްސަލަތަކުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅުން ބޭނުންކުރައްވާ އިޞްޠިލާޙުތަކެކެވެ. އެގޮތުން މިލިޔުމަކީ شرح كشف الشبهات (ص: 19) ގައި ފަޟީލަތުއް ޝައިޙް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން – رحمه الله – ޝަރަޙަކުރައްވާފައިވާ އިޞްޠިލާޙު ތަކެއްގެ ތަރުޖަމާއެވެ.