ނަބަވީ އިރުޝާދުތަކުގެ ތެރެއިން 26

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
” އަންހެން ކަނބަލުން މިސްކިތަށް ދިޔުން ތިޔަބައިމީހުން މަނާނުކުރާށެވެ. އެކަނބަލުންނަށް، އެކަނބަލުންގެ ގެތައް ހެޔޮކަން ބޮޑުވެގެންވެއެވެ.”
ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 13

ހެޔޮ ޢަމަލުތައް ކުރުމުގައި ސަލަފުންގެ ބޭކަލުން އަވަސްވެ ވަނޑައިގެންނެވި ފަދައިން، ﷲ ތަޢާލާ މަނާކުރެއްވި ކަންތަކުން ނުވަތަ ނުބައި ކަންތަކުން ދުރުވުމުގައި ވެސް އެބޭކަލުން ވަނީ އަޅުގަނޑުމެންނަށް ރިވެތި ވެގެންވާ ނަމޫނާ ދައްކުވައިދީފައެވެ.