ފިރިމީހާއަށް ކިޔަމަންވުން
މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް އުރެދެވޭކަމަކަށް ފިރިމީހާ އަމުރު ނުކުރާހާ ހިނދަކު ފިރިމީހާކުރާ ކޮންމެ އަމުރަކަށް އަނބިމީހާ ކިޔަމަން ގަތުން ވާޖިބުވެގެންވެއެވެ. ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އުރެދެވޭކަމަކަށް ފިރިމީހާ އަމުރު ކޮށްފިނަމަ ދެން އަނބިމީހާ އޭނާއަށް ކިޔަމަންވުމެއްނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ޙަދީޘް ކުރައްވަނީ “لاَ طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ(ރަވާހް އަޙްމަދު) މިފަދައިންނެވެ. މާނައީ: “ތިމާ ހެއްދެވި މަތިވެރި މާތްﷲއަށް އުރެދެވޭނެ އެއްވެސް ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ. މިއެވެ. […]