ފިރިމީހާއަށް ޝުކުރު ކުރުން
ފިރިމީހާ ކޮށްދޭ ހެޔޮކަމަށް ޝުކުރު ކުރުމީ އަނބީންގެ ވާޖިބެކެވެ. އޮޅުމެއްނެތި އެގޭގޮތުގައި ފިރިމީހާ ވަރަށްގިނަ ތަފާތު ރޮނގު ރޮނގުން އަނބިމީހާއަށް ހެޔޮ ފޯރުވައިދީ އެހީތައް ވަމުންދެއެވެ. ކެއިންބުއިމުގެ ކަންތަކާ ފޭރާންލުމާ ނިދާތަނާ އަދި ބަލިވީމާ ބޭސްކޮށްދިނުމާ އަދި މީގެ އިތުރަށް އަނބިމީހާ އުފާވެ ހިތްހަމަޖެހޭ ހުރިހާކަމެއްވެސް ކޮށްދިނުމުގެ ވެރިޔަކީ ފިރިމީހާއެވެ. ވީމާ ހުރިހާކަމެއްގެ މަޤާބިލްގައި އަނބިމީހާ ފިރިމީހާއަށް ޝުކުރު ކުރުމީ އިޙްސާންތެރިޔާއަށް ޝުކުރު ކުރުމުގެ ބާބުގެ ތެރޭގެ ކަމެކެވެ. ހެޔޮކަމެއް ކޮށްދިން ކޮންމެ މީހަކަށް އެންމެ ކުޑަމިނުން […]