[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރިމީހާއަށް ޝުކުރު ކުރުން

248152_379880905407116_1991858872_nފިރިމީހާ ކޮށްދޭ ހެޔޮކަމަށް ޝުކުރު ކުރުމީ އަނބީންގެ ވާޖިބެކެވެ. އޮޅުމެއްނެތި އެގޭގޮތުގައި ފިރިމީހާ ވަރަށްގިނަ ތަފާތު ރޮނގު ރޮނގުން އަނބިމީހާއަށް ހެޔޮ ފޯރުވައިދީ އެހީތައް ވަމުންދެއެވެ. ކެއިންބުއިމުގެ ކަންތަކާ ފޭރާންލުމާ ނިދާތަނާ އަދި ބަލިވީމާ ބޭސްކޮށްދިނުމާ އަދި މީގެ އިތުރަށް އަނބިމީހާ އުފާވެ ހިތްހަމަޖެހޭ ހުރިހާކަމެއްވެސް ކޮށްދިނުމުގެ ވެރިޔަކީ ފިރިމީހާއެވެ. ވީމާ ހުރިހާކަމެއްގެ މަޤާބިލްގައި އަނބިމީހާ ފިރިމީހާއަށް ޝުކުރު ކުރުމީ އިޙްސާންތެރިޔާއަށް ޝުކުރު ކުރުމުގެ ބާބުގެ ތެރޭގެ ކަމެކެވެ. ހެޔޮކަމެއް ކޮށްދިން ކޮންމެ މީހަކަށް އެންމެ ކުޑަމިނުން ޝުކުރު އަދާކުރުމީ ވާޖިބެކެވެ. ފިރިންގެ ހެޔޮކަމަށް ޝުކުރުނުކުރާ އަނބިންނަށް ހުރި ނުރައްކާ ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

 وَرَأَيْتُ النَّارَ فَلَمْ أَرَ كَالْيَوْمِ مَنْظَرًا قَطُّ وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ قَالُوا لِمَ يَا رَسُولَ اللَّهِ قَالَ بِكُفْرِهِنَّ قِيلَ يَكْفُرْنَ بِاللَّهِ قَالَ يَكْفُرْنَ الْعَشِيرَ وَيَكْفُرْنَ الإِحْسَانَ لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ ثُمَّ رَأَتْ مِنْكَ شَيْئًا قَالَتْ مَا رَأَيْتُ مِنْكَ خَيْرًا قَطُّ (ޞަޙީޙުލް ބުޚާރީ 5198)

 

 މި ޙަދީޘަކީ ވަރަށް ދިގު ޙަދީޘެއްގެ ބައެކެވެ. މި ޙަދީޘްގެ މިބައި ބަޔާން ކުރައްވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަރަކަ ދެކެވަޑައިގެންނެވި ވާހަކަ އާއި އޭގައި ހުރިބައެއް ޚަބަރުގެ ވާހަކައެވެ. އިސްވެދިޔަ ޙަދީޘްގެ ޢިބާރާތް ކޮޅުގެ މާނައީ ” އަދި ތިމަންކަލޭގެފާނު ނަރަކަ ދެކެވަޑައިގަތީމެވެ. އެވަރުގެ ނުރައްކާ ބިރުހުރި މަންޒަރެއް ދުވަހަކުވެސް ދެކެވަޑައި ނުގަންނަވަމެވެ. އަދި ތިމަންކަލޭގެފާނު ދެކެވަޑައިގަތީ ނަރަކައިގެ އަހުލުވެރީންކުރެ ގިނައީ އަންހެނުންކަމުގައެވެ. ދެން އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ! އެއީ ކީއްވެގެންތޯއެވެ؟ޙަދީޘްކުރެއްވިއެވެ. އެއީ އެކަނބަލުން ކާފިރުވުމުގެ ސަބަބުންނެވެ. ދެންވެސް އެކަލޭގެފާނާ ސުވާލު ވެވުނެވެ. އެކަނބަލުން ﷲ އަށް ކާފިރު ވީތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެކަނބަލުން ފިރިންނަށާއި އަދި އެމީހުންކޮށްދޭ އިޙްސާނަށް ކާފިރުވަނީއެވެ. ފަހެ ކަލޭމެން ކުރެ މީހަކު އެއިން އަންހެނަކަށް މުޅި ޢުމުރުގައި ހެޔޮކޮށް ހިތައި އިޙްސާންތެރި ވެފައިވިޔަސް ފިރިމީހާގެ ކިބައިން ނުރުހޭ އެންމެކަމެއް ފެނިއްޖެއްޔާ ބުނާނެއެވެ. ކަލޭގެ ކިބައިން ދުވަހަކު އަހުރެންނަށް ހެޔޮކަމެއް ނުފެނެއެވެ.” މިއެވެ.