الإِجْمَاعُ 3

އިސްވެ ބަޔާންވެ ދިޔަ ނައްޞުތަކުން ފާހަގަކުރެވޭ ދެ އަޞްލެއްވެއެވެ:
މުސްލިމުންނަށް ކާމިޔާބު ލިބޭނީ ދީނަށް ފުރިހަމައަށް ރުޖޫޢަވެގެން

އިސްލާމް ދީނަކީ ޙައްޤު ދީނެވެ. މާތް ﷲ ގެ ޙަޟުރަތުގައި ހަމައެކަނި ޤަބޫލުކުރެވިގެންވާ ދީނެވެ. މާތް ﷲ އެއިލާހުގެ ހުރިހާ އަޅުތަކުންނަށް ބާވާލެއްވި ދީނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: ﴿ إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ﴾ [سورة آل عمران 19] މާނައީ: ” ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމްދީނެއެވެ.” ވީމާ އިސްލާމް ދީނަކީ ހުރިހާ މީސްތަކުންނަށް ވާ ޙުއްޖަތެކެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީނެއް އިޚްތިޔާރު ކުރުން […]