އަޅުކަން ކުރުމުގައި ޝިރުކުކުރުން (1) ބޮޑު ޝިރުކު

އަޅުކަން ކުރުމުގައި ޝިރުކު ކުރުންހުރީ ދެބާވަތަކަށެވެ. އެއީ: * ބޮޑު ޝިރުކު ކުރުން * ކުދި ޝިރުކު ކުރުން މިދެވައްތަރެވެ. ބޮޑު ޝިރުކުއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ފަދައިން އެއިލާހު ފިޔަވާ އެހެން އެއްޗިއްސަށް އަޅުކަން ކުރުމެވެ. މިސާލަކަށް ކަންކަމަށް އެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރާ ފަދައިން އެހެނިހެން ތަކެއްޗަށްވެސް ދުޢާ ކުރުމެވެ. އަދި އެއިލާހުގެ ހަޟްރަތަށް ޙާއްސަކޮށް ބިރުވެތިވާން ޖެހޭ ކަންކަމުގައި އެހެނިހެން ތަކެއްޗަށް ބިރުގަތުމެވެ. އެއިލާހުގެ ހަޟްރަތަށް ލޯބިވާންވީ […]